Jump to content

ޗިލީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Republic of Chile
República de Chile  ފަންވަތް:Es icon
Flag of Chile
Flag
Coat of arms of Chile
Coat of arms
މޮޓޯ: Por la razón o la fuerza
"By reason or by force" ފަންވަތް:Es icon[1]
ގައުމީ ސަލާމް: Himno Nacional de Chile ފަންވަތް:Es icon</smal
Location of Chile
ވެރިރަށް
and largest city
Santiago1
ރަސްމީ ބަސްތައްSpanish
ޑިމޮނިމްChilean
ސަރުކާރުRepresentative democracy
• President
Michelle Bachelet
Independence 
from Spain

September 18, 1810
• Declared
February 12, 1818
• Recognized
April 25, 1844

September 11, 1980
ސަރަޙައްދު
• Total
756,950 km2 (292,260 sq mi) (38th)
• Water (%)
1.07²
އާބާދީ
• June 2009 estimate
16,928,873 (60th)
• 2002 census
15,116,435
• Density
22/km2 (57.0/sq mi) (194th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$243.357 billion[2] (43rd)
• ބޮލަކަށް ޖެހެނީ
$14,529[2] (56th)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$169.458 billion[2] (46th)
• ބޮލަކަށް ޖެހެނީ
$10,117[2] (57th)
ޖިނީ (2006)54[3]
Error: Invalid Gini value
އެޗްޑީއައި (2007) 0.878
Error: Invalid HDI value (44th)
ފައިސާPeso (CLP)
ޓައިމް ޒޯންޔޫޓީސީ-4 (n/a)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ-3 (n/a)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް+56
އައިއެސްއޯ 3166 ކޯޑްCL
އިންޓަރނެޓް ޓީއެލްޑީ.cl
  1. The legislature is based in Valparaíso
  2. Includes Easter Island and Isla Sala y Gómez; does not include 1,250,000 square kilometres (480,000 sq mi) of territory claimed in Antarctica

ރިޕަބްލިކް އޮފް ޗިލީ އަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ޗިލީގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ޗިލީގެ މީހުންނަށް ކިޔަނީ ޗިލިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެންޓިއާގޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ސެންޓިއާގޯއެވެ. ޗިލީއަކީ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 17 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 60 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.7 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cl. އެވެ. ކޯލިން ކޯޑަކީ +56 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

ޗިލީގެ ނަމުގެ އަޞްލާ މެދު ތަފާތު ނަޒަރިއްޔާތަކެއް ޢިލްމުވެރިން ގެންގުޅުއްވައެވެ. މި ގޮތުން ބެލެވޭ ގޮތުގައި، އެއީ ޕެރޫގެ އިންކާ އިން އެކޮންކާގުއާގެ ވާދީއަށް، ޗިލީއޭ ކިޔާފައި ނަންދިނީ އެ ވާދީގެ ވެރިޔާގެ ނަމަކަށް ތިލީއޭ ކިޔާތީ އެ ނަމަށް ނިސްބަތްކޮށް، މި ނަން ދީފައިވަނީއެވެ.

ޗިލީގެ އުތުރުގައި އޮތީ ޕެރޫއެވެ. އިރު އުތުރުގައި އޮތީ ބޮލީވިއާއެވެ. އިރުމަތީގައި އޮތީ އާޖެންޓީނާއެވެ. ޗިލީއަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ބްރެޒިލްއާ ބޮދަރުގެ ގޮތުން ގުޅިފައި ނުވާ ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. އަނެއް ޤައުމަކީ އިކުއެޑޯއެވެ. ޗިލީއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް މާ ދިގު ބައްޓަމަކަށް އޮންނަ ޤައުމަކަށް ވާތީ، އެ ޤައުމަކީ މޫސުމުގެ ގޮތުން ތަފާތު އެތައް ކަންތައްތަކެއް ތަޖުރިބާކުރެވޭ ޤައުމެކެވެ. ދުނިޔޭގެ އެންމެ ހަނަފަސް އެއް ޞަޙަރާ ކަމުގައިވާ އަޓަކާމާ އޮތީ ޗިލީގެ އުތުރުގައެވެ. ޗިލީގެ މެދުތެރޭގައި އޮންނަނީ މެޑިޓެރޭނިއަން މޫސުމެކެވެ. ދެކުނުގައި އޮންނަނީ ރެއިނީ ޓެންޕަރޭޗަރ ކްލައިމެޓެކެވެ. އުތުރުގައި އޮންނަ ޞަޙަރާއަކީ ވަރަށް ބޮޑަށް މަޢުދަނުގެ މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. މިތަނުން އެންމެ މައިގަނޑުކޮށް ލިބެނީ ލޮޔެވެ. ޗިލީގައި ދަނޑުވެރިކަން ކުރަނީ އަދި މީހުން ދިރިއުޅެނީ ޤައުމުގެ މެދުތެރޭގައެވެ. ދެކުނުގައި އޮތީ ޖަންގަލިތަކެވެ.

މިއަދުގެ ޗިލީގެ ގޮތުގައި އޮތް ސަރަޙައްދުގެ އައްސޭރި ފަށުގައި ދަނޑުވެރިކަމަށް ރަނގަޅު ބިންތަކުގެ ގާތުގައި މީގެ 10000 ވަރަކަށް އަހަރުކުރީން ވަޒަންވެރިވީ ނޭޓިވް އެމެރިކަނުންނެވެ. އިންކާއިން ވަނީ އެމީހުންގެ ވެރިކަން ޗިލީގެ އުތުރާ ހިސާބަށް ވެސް ފުޅާކޮށްފައެވެ. ސްޕޭނުގެ މީހުން ޗިލީއަށް އަތްގަދަ ކުރަން ފެށީ 1540 ހާ ތާގައި ޕެދްރޯ ޑި ވަލްޑީވިއާގެ ޤިޔާދަތުގައެވެ. އެއީ 1541 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ސެންޓިއާގޯ ޝަހަރު ހޯއްދެވި ފްރެންސިސްކޯ ޕިޒާރޯގެ ލެފްޓިނެންޓެކެވެ. މީގެ ފަހުން ޗިލީ ވެގެން ދިޔައީ ވައިސްރޯޔަލްޓީ އޮފް ޕެރޫގެ ބަޔަކަށެވެ. ޗިލީގެ ރަށްވެހިން ޔޫރަޕުގެ އިސްތިޢުމާރީންނާ ދެކޮޅަށް ހިންގަން ފެށި ޙަރަކާތްތަކުގެ ތެރޭގައި 1553 ގައި ވަލްޑީވިއާ މަރުވެގެންދިޔައެވެ. ހަމަ އެހެންމެ އެމީހުން ޤާއިމުކޮށްފައި ހުރި ކޮލޮނީތަކުގެ އާބާދީތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔައެވެ. ފެބްރުއަރީ 12، 1818 ގައި ޗިލީން އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރިއެވެ. ޗިލީގެ މިނިވަންކަން ރިކޮގްނައިޒްކުރެވިފައިވަނީ އެޕްރީލް 25، 1844 ގައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ޗިލީގެ އާބާދީގެ 52.7% އަކީ ދޮން މީހުން ކަމަށް ލެޓިން އެމެރިކަން ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމުގައިވާ ފްރެންސިސްކޯ ލިޒްކާނޯ ވިދާޅުވެއެވެ. އަދި 44% އަކީ މެސްޓިޒޯއިންނެވެ. ޗިލީގެ އާބާދީގެ 70% މީހުން ބުނާ ގޮތުގައި އެމީހުންނަކީ ކްރިސްޓިޔަނުންނެވެ. ކޮންމެ ވެސް ވަރަކަށް މުސްލިމުން ތިބި ކަމުގައި ވިޔަސް ޗިލީގައި މުސްލިމުން ވަރަށް މަދެވެ.

ޗިލީގެ ސަގާފަތު ބިނާވެގެންވަނީ ސްޕެނިޝް ސަގާފަތުގެ މައްޗަށެވެ. ކުޅިވަރުގެ ގޮތުގައި ޗިލީގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓު ބޯޅައެވެ. ޗިލީއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. ޗިލީގެ ކާނާއަކީ ދެކުނު އެމެރިކާގައި އެންމެ މަޝްހޫރު އެއް ކެއުން ކަމަށް ބެލެވިފައިވެއެވެ.

2003 ވަނަ އަހަރުން ފެށިގެން ޗިލީގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10117 ޑޮލަރެވެ.

  1. "Chilean Government". The Coat of Arms. Retrieved 2009-06-20.
  2. 2.0 2.1 2.2 2.3 "Chile". International Monetary Fund. Retrieved 2009-10-01.
  3. Cite error: Invalid <ref> tag; no text was provided for refs named casen